މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މާލެއަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި އަލުން ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މިއަދު ހެނދުނު 08:45 ހާއިރު އެވެ. އަދި އެއްވެސް ސަރަހައްދަކަށް ކަރަންޓް އަނބުރާ ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ