ހުޅުމާލެ ސެންޓްރޯ މޯލް ސަރަހައްދުން އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފިއެވެ.
މިފަހަރު ފޭރިގެންފައިވަނީ މޯލްޑިވް ގޭހުގެ ފައިސާތަކެކެވެ. މިފައިސާ ފޭރިގެންފައިވަނީ ފައިސާ ޖަމާކުރަން ގެންދިޔަ މަގުމަތީގައެވެ.
ސެންޓްރޯއަކީ މޮރިޝަސް ކޮމާޝަލް ބޭންކާއި އިސްލާމިކް ބޭންކެވެސް ހިމެނޭ އިމާރާތެވެ. މީގެ ދެމަހެއްހާ ދުވަސް ކުރިންވެސް ވަނީ މިސަހަރަހައްދުން އެންޒީގެ މިލިއަނެއްހާ ރުފިޔާ ފޭރިގެންފައެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރެއްހާ އިރު އެވެ.
ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި ފޭރިގަނެފައިވަނީ މޯލްޑިވް ގޭހުން އިސްލާމިކް ބޭންކްއަށް ޖަމާކުރަން ގެންދިޔަ ދެލައްކަ އަށް ވުރެ ގިނަ ރުފިޔާ އެވެ.
މި ފޭރުމުގައި ވެސް ހަރަކާތްތެރިވެފައިވަނީ ސައިކަލުގައި އައި ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ. މިހާރު ފުލުހުން އަންނަނީ މިމައްސަލަ ތަހުޤީގުކުރަމުންނެވެ.
ހުޅުމާލެގެ އާބާދީއާއި އެއްވަރަށް ހުޅުމާލެ ގައި ފުލުހުން ނެތުމަކީ މީގެ ކުރިންވެސް ހުޅުމާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ހުޅުމާލެ ފޭރުން: ސެންޓްރޯ ކައިރިން އަނެއްކާވެސް ފައިސާ ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ