އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
ޝައިޚް އިމުރާންގެ މައްސަލަ އަލުން ހުށައެޅުއްވިކަން ހާމަކުރެއްވީ އަދާލަތު ޕާޓީގެ ނައިބުރައީސް އަލްއުސްތާޛު ޢަލީ ޒާހިރެވެ. އަލީ ޒާހިރު ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ކުރިން ހުށައެޅި ހުށައެޅުން ބަލައިގެންފައި ނުވާތީ، އަލުން އެނިންމުން މުރާޖަޢާކޮށްދެއްވުމަށް އެދި ސުޕްރީމްކޯޓަށް ވަނީ ހުށައަޅާފައި ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ، ގުޅިގައިވާ ޕާޓީތަކުގެ ލީޑަރުން މިނިވަންވުމަކީ، ޓްރާންސިޝަނަލް މަސައްކަތަށް ނުހަނު ބޭނުން ތެރި ކަމެއް ކަމަށެވެ.
ޝައިހް އިމްރާން އަބުދުﷲގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭގަައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި، ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަަމަށްބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެން އެވެ.
ޝައިޚް އިމްރާނަށް އިއްވާފައިވާ ޖަލު ހުކުމްގެ އަލުން ބަލައިދޭން ސުޕްރީމް ކޯޓަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ