ރިޔާސީ އިންތިހާބާގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާއި އެކު އިންސާފު ލިބިގެން ހިނގައްޖެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ބާތިލްކުރާނެ ގާނޫނީ ހުއްޖަތެއް ނެތްކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމަށް ތަހުނިޔާ ދަންނަވަނުން ކްރެއްވި ޓްވިޓެއްގައި މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު އެވަނީ ރައްޔިތުންގެ ވޯޓުން ލިބުނު ކާމިޔާބީ ރަސްމީކޮށް ސައްހަކަމަށް ކަނޑައަޅާފައި ކަމުގައެވެ.
މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށެވެ.
ސުޕްރީމްކޯޓުގެ ހުކުމާއެކު އިންސާފު ލިބިއްޖެ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ