'ފަރލޯ' ނުަތަ ޖަލުން ދޭ ކުރު ޗުއްޓީއެއްގެ ދަށުން މިވަގުތު ޖަލުން ބޭރުގައި ހުރި ބޮލީވުޑްގެ ބަޠަލް ސަންޖޭ ދަތުގެ 'ފަރލޯ' އިތުރުކޮށް ނުދިނުމަށް ކޯޓުން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ޑިސެމްބަރ 24 ވަނަ ދުވަހުން ފެށިގެން 'ފަރލޯ' ގެ ދަށުން ޖަލުން ބޭރުގައި ހުރި ސަންޖޭ ދަތު މި ޗުއްތީގެ މުއްދަތު އިތުކޮށްދިނުމަށް ހުށައަޅާފައިވަނީ މި ހަފްތާގެ ތެރޭގައެވެ.
ސަންޖޭ ދަތު ޖަލަށް ލުމަށްފަހު އެކި ފަހަރުމަތިން މިގޮތަށް ޗުއްޓީ ނަގައި، އެ ޗުއްޓީ ތަކަށް ދުވަސް އިތުރު ކޮށްފައިޥާތީ މަޤުބޫލު މީހަކަށް ވުމުގެ ނާޖާއިޒު ފައިދާ އޭނާ ނަގަމުން ދާކަމަށް ބުނެ، ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ސަންޖޭ ދަތު ވަނީ މީގެ ކުރިންވެސް ވަނީ މިގޮތަށް ނެގި ‘ޗުއްޓީ’ އިތުރު ކުރުމަށް ހުށައަޅައި، ގިނަ ދުވަސްތަކަކު ޖަލުން ބޭރުގައި ހުރެފައެވެ. އެގޮތުން އޭނާގެ ކަކުލަށް ބޭސްކުރުމަށާއި، އޭނާގެ އަންހެނުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން އޭނާ ވަނީ ޖަލުން ނުކުމެފައެވެ.
1993 ވަނަ އަހަރު މުމްބާއީގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅުވައި، ޤާނޫނާ ޚިލާފަށް އަތުގައި ހަތިޔާރު ބެހެއްޓި ކަމުގެ ކުށް ސަންޖޭ ދަތުގެ މައްޗަށް ސާބިތު ވުމުން އޭނާގެ މައްޗަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ 6 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މަސްދަރު: ޒީނިއުސް
ސަންޖޭގެ ޖަލު ޗުއްޓީ އިތުރުކޮށް ނުދިނުމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ