ބަޣާވާތެއްގެ ވެރިކަން އަހަރެއްހާ ދުވަހު އޮތުމަށްފަހު މާލީގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ނުކުރި ނަމަވެސް ފުރިހަމަ އަގުލަބިއްޔަތަކުން އިބްރާހީމް ބޯބަކަރް ކޭތާ ކާމިޔާބު ކުރައްވައިފި އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ހަތަރަކުން 2000 ވަނަ އަހަރާ ހަމައަށް މާލީގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ 68 އަހަރުގެ ކޭތާއަށް މި އިންތިހާބު ކާމިޔާބުވެފައިވާ ކަމަށްބުނެ ކޭތާގެ ސަޕޯޓަރުން އުފާ ފާޅުކުރަމުންދާއިރު ކޭތާއާ ވާދަ ކުރެއްވެވި ކުރީގެ ފިނޭންސް މިނިސްޓަރު ސޯމައިލާ ސިސީވަނީ ބަލި ގަބޫލު ކުރައްވައި އެކަން އިއުލާން ކުރައްވާފަ އެވެ.
އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފައި ނުވި ނަމަވެސް ބޮޑު އަގުލަބިއްޔަތަކުން ކޭތާ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންތިހާބުގެ ފުރުތަމަ ބުރުގައި ސޯމައިލާ ސިސީ އަށް 19 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ކޭތާވަނީ 48 ޕަސެންޓް ލިބިވަޑައިގެންނެވި އެވެ. އަނެއް 33 ޕަސެންޓް ބެހިގެން ދިޔައީ ފުރަތަމަ ބުރުގައި ވާދަކެއްވެވި އަނެއް 26 ކެނޑިޑޭޓުންގެ މައްޗަށެވެ. ފުރަތަމަ ބުރަށްފަހު ސޯމައިލާ ނޫން އަނެއް 26 ކެނޑިޑޭޓުންވަނީ ކޭތާ އަށް ތާއީދު ކުރައްވާފަ އެވެ.
ފުރަތަމަ ބުރުގެ ނަތީޖާގައި އޮޅުވާލުންތަކެއް އުޅޭ ކަމަށް ވިދާޅުވެ ސޯމައިލާ ކޯޓަށް މައްސަލަ ހުށަހެޅުއްވި ނަމަވެސް ކޯޓުން ނިންމާފައިވަނީ އެއްވެސް އޮޅުވާލުމެއް ނެތް ކަމަށެވެ. އިންތިހާބް އޮބްޒާވް ކުރި ޔޫރަޕިއަން ޔޫނިއަން އަދި އެފްރިކަން ޔޫނިއަންއިންވަނީ އިންތިހާބަކީ އޮމާންކަމާއެކު މާބޮޑު މައްސަލަތަކެއް ނެތި ނިންމާލެވުނު އިންތިހާބެއްކަމަށް ބުނެފަ އެވެ.
މާލީގައި ރިޔާސީ އިންތިހާބު ކޭތާ ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ