މުހައްމަދު ފަޒީން
ތ.ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ދެބޭފުޅަކު ކުރިމަތިލައިފި އެވެ. އެމް.ޑީ.ޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމަށް އެދިފައިވަނީ ތިމަރަފުށި ދާއިރާގެ ގޮނޑި އެންމެ ފަހުން ފުރުއްވި މުހައްމަދު މުސްތަފާ އިތުރުން އަހުމަދު ޝަފީޤު ކިޔާ ބޭފުޅެއްކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ގޮނޑީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައީ ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާނެކަމަށެވެ. ކާށީދޫ ދާއިރާގެ ޕްރައިމަރީ މާޗް އަށް ވަނަ ދުވަހު ބާއްވާނެކަމަށް އިންތި ވިދާޅުވި އެވެ.
އެމް.ޑީ.ޕީގެ ސްޕޯކްސް ޕާސަން އިތުރަށް ވިދާޅުވީ ހދ. ކުމުންދޫ ރަށު ކައުންސިލާއި ތ.ގާދިއްފުށި ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑީއަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ފްރައިމަރީގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާކަމަށެވެ. އެ ދެ ރަށުގެ ޕްރައިމަރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފަހު ތާރީހަކީ މާޗް އަށް ވަނަ ދުވަހެވެ.
ތިމަރަފުށީ ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީއަށް ދެ ބޭފުޅަކު ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ