ބާސްކެޓް ކުޅެނިކޮށް ބޯޅައިންޖެހި ހޭ ނެތުނު ޒުވާނަކު ސީރިއަސް ހާލަތުގައި

މިއަދު ހެނދުނު ހުޅުމާލޭގައި ބާސްކެޓް ކުޅެން އުޅެނިކޮށް ބޯޅައަކުން ނޭފަތްމަތީ ޖެހި ހޭނެތި ސީރިއަސް ހާލަތަށް ގޮސްފި އެވެ.
މަޖީދިއްޔާ ސުކޫލްގެ ގްރޭޑް ނުވައެއްގައި ތަޢުލީމް ހާސިލް ކުރަމުން އައި އަލީ ޝާން 14 އަށް މިއަދު ނޭފަތާއެކު މޫނު މަތީގައި ބޯޅައިން ޖެހުނީ ހެނދުނު އެހެން ބަޔަކާއެކު ބާސްކެޓް ކުޅެން ގޮސް އުޅެނިކޮށް ކުޅުމުގެ ތެރޭގަ އެވެ.
ބޯޅައިން ޖެހި ޝާން ހޭނެތުމާ ގުޅިގެން އޭނާއާއެކު ކުޅެން އުޅުނު ކުދިންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގަ އެވެ.
ޝާންގެ އާއިލާއިން ބުނީ ޝާން އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފުރުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ބޯޅައިން ޖެހުމުގެ ސަބަބުން ސީރިޔަސް ހާލަތަކަށް ގޮސްފައިވާ ޝާންގެ ހާލު ސީރިއަސް ކަމަށާއި އޭނާ އައިސީޔޫ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިރޭ ބޭރަށް ފުރުވާލަން އާއިލާ އިން މަސައްކަތް ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ