ދުނިޔޭގެ ފުޓްސަލް ރޭންކިންގެ އެއްވަނަ ބްރެޒިލްއަށް ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އިސްލާމިކް ސަމިޓުގައި ގޮވާލައިފި އިލެކްޝަންސް ކޮމިޝަނުގެ ރިޓަޔަމަންޓް އިނާޔަތުގެ ގަވާއިދު އުވާލައިފި ޑެންގީހުން ޖެހިގެން ކުޑަ 6 ކުއްޖަކު އެޑް

އާންމުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރުމުގެ ފުރުސަތު އިތުރު ކުރުމަށާއި އެންމެނަށް ވެސް ހަމަހަމަ ފުރުސަތު ތަނަވަސްކޮށް ދިނުމަށް ވީޑިއޯ ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ރައީސް އޮފީހުން ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، އެ އޮފީހުން ގެނެސްދެމުންދާ ސުވާލާއި ޖަވާބު ޕްރޮގްރާމުގައި މިހާރު އަމަލުކުރަމުންދާ ގޮތަކީ، ވީޑިއޯކުރަމުންދަނީ ކެމެރާމަނުން ބޭނުންވާ ސުވާލުތައް ކަމަށާއި ނަމަވެސް މިހާރު ރައީސް އޮފީހުން މަސައްކަތްކުރަމުންދަނީ އާންމުންނަށް ރައީސާއި ސުވާލުކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.
ހީނާ ވިދާޅުވީ ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަކަށްވެސް ހޯދައިދިނުމަށް އަދި ވީހާވެސް ގިނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާއާއި ސުވާލު ކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން މިހާރު މަސައްކަތްކުރަނީ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ގާއިމްކުރުމަށްކަމަށެވެ.
ވީޑިއޯ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ރައީސް އޮފީހުން ކުރަމުން ގެންދާއިރު، މިހާރުވެސް ރައްޔިތުންގެ އެކި ސުވާލުތަކަށް ވީޑިއޯގެ ޒަރިއްޔާއިން ރައީސް ދެއްވާ ޖަވާބު ރައީސް އޮފީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ