ސުޕްރީމް ކޯޓުގެ ނިންމުމަށް ޖޭޕީގެ ބަސް "ރާކަނިމަސް ކެވިއްޖެތަ؟"

ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ޙުކުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެޕާޓީގެ ބަސް އާންމުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ މައުލޫމާތު އާންމުކުރުމަށް ހަދާފައިވާ ވައިބާ ގްރޫޕްގައި ސުޕްރީމް ކޯޓުގެ ނިންމުމަށް އިޝާރާތްކޮށް ޖުމްހޫރީ ޕާޓީ އިން ބުނީ "ރާކަނިމަސް ކެވިއްޖެތަ؟"
ސުޕްރީމް ކޯޓުގެ ނިންމުމާއި އެކު އިދިކޮޅު ފަރާތްތަކުން ވަނީ މެންބަރުންގެ މެންބަރުކަން ނުގެއްލޭ ކަމަށް ބުނެ އުފާފާޅުކުރަމުންނެވެ.
ނަމަވެސް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ މެންބަރުންގެ ގޮނޑި ގެއްލުނީ ކަމަށް ބުނެ އުފާފާޅުކުރަމުންނެވެ.
"ވަގުތަށް" މައުލޫމާތު ދެއްވި ބައެއް ޤާނޫނީ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމަށް ބަލާއިރު ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ. ހަތަރު ބޭފުޅުން ދައުވާގައި އެދުނީ އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރަން ކަމަށް ވީނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލް ކޮށްފައެއް ނުވެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ