އަހުމަދު ރަޝީދު ސޮއިކުރީ ދެ ހެކިންގެ ހާޒިރުގަ، ވީޑިއޯވެސް އެބަ އޮތް: އެމްޕީ މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މިއަދު މަޖިލީހަށް ހުށަހެޅި ބަޔާނުގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއި ކުރެއްވީ ދެ ހެކީންގެ ހާޒިރުގައި ކަމަށާއި ވީޑިއޯވެސް އެބަ އޮތް ކަމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި މުސްތަފާ ވިދާޅުވެފައިވަނީ އެމްޕީ އަހުމަދު ރަޝީދު ލިޔެ ސޮއި ކުރީ އަމިއްލަ އަތުން، ދިރިތިބި ދެ ހެކިންގެ ހާޒިރުގައި ކަމަށެވެ. އަދި ސޮއި ކުރީ ދުއާވެސް ކޮށްފައި ކަމަށެވެ. ވީޑިއޯވެސް އެބަ އޮތް ކަމަށެވެ.
ނަމަވެސް އެމްޕީ އަހުމަދު ރަޝީދު އެކަމަށް އިންކާރު ކުރައްވަ އެވެ. އަހުމަދު ރަޝީދު ވިދާޅުވީ އެ ބަޔާނުގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެމްޕީ އަހުމަދު ރަޝީދު ވަނީ މިއަދު މަޖިލީހުގެ ރައީސަށް ސިޓީފުޅެއްވެސް ފޮނުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ