ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ބުނެ މެމްބަރު ނާޒިމްގެ ބަޔާނެއް ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ފުލުހެއްގެ ގައިގައި ދަތް އެޅި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ތަހުގީގެއް ހިންގަން ފަށައިފިއެވެ. މިއަދު މެންދުރުފަހު ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާނެއް ނަގާފައެވެ. ފުލުހުން ތުހުމަތު ކުރަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިން ފުލުހެއްގެ ގައިގައި އޭނާ ދަތް އެޅި ކަމަށެވެ. އަދި އެ ދުވަހު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ. ނާޒިމްގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު "ސަން" އަށް ވިދާޅުވީ އެ ތުހުމަތުތަކަށް އިންކާރުކޮށް މެމްބަރު ނާޒިމް ބަޔާނެއް ދެއްވާފައިވާ ކަމަށެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި 12 މަޖިލިސް މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ