ސްނޯކްލިންއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

ސްނޯކްލިންއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އއ. މަޑިވަރު ބޭރުގައި ސްނޯކްލިންއަށް ދިޔަ ފިިރިހެނަކު މަރުވެގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ އުމުރުން 23 އަހަރުގެ މީހެކެވެ.
މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ