މާއެނބޫދޫ ސްކޫލް ދަރިވަރުންތަކަކަށް ނިވާކަންކުޑަ މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކި މައްސަލަ ބަލަނީ

ދ. މާއެނބޫދޫ ސްކޫލުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު އެސްކޫލް ގްރޭޑޫ 7 ގެ ދަރިވަރުންތަކަކަށް ނިވާކަންކުޑަ ހެދުންލައިގެން ތިބި މަންޒަރު ހިމެނޭ ވީޑިއޯއެއް ދެއްކުމުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އެމަންޒަރު ދެއްކިކަމގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ފެބުރުއަރީ 17 ވަނަ ދުވަހު ކަމަށެވެ. އެ ޓީޗަރު ދަރިވަރުންނަށް ދައްކާފައިވަނީ ޑޮކިޔުމެންޓްރީއެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ބަންދުކޮށްފައެއް ނުވެއެވެ. އެއަމަލު ހިންގި މީހާއާ މެދުވެސް މިހާތަނަށް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ. އެ ޑޮކިޔުމެންޓްރީ އަކީ ކޮންކަމަކު ދެއްވި އެއްޗެއް ކަމެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް އެއިން ނިވާކަންކުޑަ މަންޒަރުތައް ފެންނަން ފެށުމުން ކުދިން ވަނީ އެކަން ޓީޗަރުގެ ސަމާލު ކަމަށް ގެނެސްފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ