ކުޅުދުއްފުށީ ރައްޔިތުން ބުނީ، ސަރުކާރަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުން ދޭނެ ކަމަށް

ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހާލަތު އެންމެ ގާތުން ދެނެގަތުމައްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް 2017 ވަނަ އަހަރު ފެއްޓެވި "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގެ ތެރެއިން ހދ.އަތޮޅުގެ ތިން ރަށަކަށް އިއްޔަ ފެއްޓެވި މި ދަތުރުފުޅުގައި އިއްޔެ ހދ. ކުޅުދުށްފުއްޓަށް ވަޑައިގެންފައިވާއިރު މިއަދު އެކަމަނާ ވަނީ އެރަށުގެ އިސްރައްވެހިންނާއި އަންހެނުންނާއި ބައްދަލުކުރައްވާފައެވެ.
މެޑަމް ފާތުމަތު އިބްރާހިމް އަކީ އަބަދުވެސް ކަނބަލުންނަށް އަހަމިއްޔަތުކަން ދެއްވާ ބޭކަނބަލަކަށް ވާއިރު މި ބައްދަލުވުމުގައި ކަނބަލުން ބާރުވެރިކުރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކަނބަލުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމަށް ގެނެވެންހުރި ޙައްލުތަކާއިބެހޭގޮތުން އެކަމަނާ ވަނީ މަޝްވަރާކުރައްވާފައިވެއެވެ.
އަދި ރަށުގެ އިސްރަށްވެހިންނާ ބައްދަލު ކުރައްވާ އެފަރާތްތަކުގެ އާދޭސްތަކުގެ އަޑު ވަރަށް ކަނުލާ އަޑުއައްސަވާ އެކަންކަމަށް ވަރަށް އަވަހަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީން ކަން މެޑަމް ދެއްވިއެވެ. ރަށުގެ އިސްރަށްވެހިންނާ މިއަދު ބައްދަލު ކުރައްވާފައިވާއިރު އިއއްޔެ އެކަމނާވަނީ ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކާވެސް ބައްދަލު ކުރައްވާފައެވެ.
ހަމައެހެންމެ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ޕީޕީއެމްގެ ޓީމުތަކާ، ޒުވާނުންނާވެސް އެކަމަނާ މިއަދު ބައްދަލު ކުަރައްވާ ރަށުގައި ހުރި ކަންބޮޑުވުން ތަކާއި ޙައްލުކުރުމަށް ކުރެވިދާނެ ކަންތަކާއި މެދު މަޝްވަރާ ކުރެއްވިއެވެ.
އަދި ހަމައެހެންމެ ރަށުގެ ތަރައްޤީއަށް އިތުރަށޤ ކުރެވިދާނެ ކަންކަމާއި ރަށުގެޙަލަތު އިތުރަށް ފުރިހަމަ ކުރުމަށޤ ކުރެވިދާނެ ކަންތައްތަކާވެސް މަޝްވަރާ ކުރެވުނެވެ.
"އެންމެ ގާތުން" ކެމްޕެއިނަކީ އަތޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކުރައްވާ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާ އެކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ