އާންމުންނަށް އުނދަގޫވާ ގޮތަށް މުޒާހަރާކޮށް އަޑުގަދަކުރުމަކީ ގާނޫނު އަސާސީއާ ހިލާފްކަމެއް ކަމަށް ކަނޑައަޅައިދިނުން އެދި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ވަނީ އާންމުންނަށް އުނދަގޫވާގޮތަށް މުޒާހަރާކޮށް ހަޑިހުތުރުބަހުން މުއާމަލާތުކޮށް ކުޑަކުދިންނާ މުސްކުޅިންގެ ހިތްތަކުގައި ބިރުވެރިން އުފެދޭގޮތަށް ސިޔާސީ ހަރަކާތްތަކުގެ ނަމުގައި މުޒާހަރާކުރުމަކީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ ހިލާފް ކަމެއް ކަމަށް ކަނޑައަޅައިދިނުން އެދޭ ކަމަށެވެ.
އެގޮތުން އެއީ ދިރިހުރުމުގެ ހައްގާއި ޒާތީ ދިރިއުޅުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ސިޔާސީ ޕާޓީތައް ހެދުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގުގެ އިތުރުން ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު އަދި ކުޑަކުދިންނަށް އަދި މުސްކުޅިންނަށް ހާއްސަ ރައްކާތެރިކަން ދިނުމުގެ ހައްގާއި ހިލާފް ކަމެއް ކަނޑައަޅައި ދިނުމަށް ދައުވާގައި އެދިފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެ މާދަމާއަށް އަޑުއެހުމެއް ވެސް ތާވަލުކޮށްފަ އެވެ.
އާންމުންނަށް އުނދަގޫވާގޮތަށް މުޒާހަރާކުރާ މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ