ނަޝީދު މެދު ހެންވޭރު ދާއިރާގެ ޑޯޓުޑޯ ފައްޓަވައިދެއްވައިފި

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި މެދު ހެންވޭރު ދާއިރާގެ “ވައުދާ ހިނގުން” ދޮރުން ދޮރަށް ހިނގުން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މިއަދު ހެނދުނު ފައްޓަވައިދެއްވައިފި އެވެ.
މި ދާއިރާގެ “ދޮރުން ދޮރަށް” ހިނގުން ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު 9 ފަހުން ހ. މާދިލް ކައިރިންނެވެ.
ރައްޔިތުންގެ އިޚްސާސްތައް ދެނެގަތުމަށާއި، ރައްޔިތުންގެ އަޑު ކައިރިން އެހުމަށް އެމްޑީޕީން ކުރަމުންދާ މަސަކައްތުގައި، ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ކުރިއަށް ދާއިރު، މި ދާއިރާގެ ކަންމަތީ ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު ޖަނަވަރީމަގު، މަޖީދީމަގު ކަންމަތީގައެވެ.
އެމްޑީޕީން ކުރިއަށް ގެންދާ “ވަޢުދާއި ހިނގުން” ދޮރުން ދޮރަށް ހިނގުމުގައި ރައްޔިތުންގެ ހާލު އަހުވާލު އަހާ ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އޮޅުންފިލުވާ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިންގެ މަސައްކަތުގައި މީގެ ކުރިން ވަނީ މާލެ ސިޓީގެ ގިނަ ދާއިރާގަ ދޮރުން ދޮރަށް ހިނގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ