ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ ދިނުމަށްޓަކައި އެމަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމަށް ޖޭއެސްސީން އިއުލާނު ކޮށްފައިވަނީ، އެމަޤާމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ނުހަނު ފަހުންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށާއި، އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް ބޭފުަޅުން އައްޔަނު ކޮށްފައިވެއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަނު ކޮށްފައިވަނީ، މުހްތަސިމް އަދްނާނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކޮށްފައިވަނީ ހުސްނުއްސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ