ނަޝީދު ވަނީ ދީނީ އިލްމުވެރިންގެ އަގު ވައްޓާލާފައި: އަބްދުﷲ މުޙައްމަދު

ދީނީ އިލްމުވެރިންނަކީ ޣާހިރާއިން ހިރަފުން ބުރާފައިވާ ބައެއް ކަމަށާއި އެމީހުންނަކީ ވައްޚާބީން އޭ ހައްދުފަހަނަ އަޅާފައިވާ ބައެކޭ ބުނެ ރައީސް ނަޝީދު ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.އަބްދުﷲ މުޙައްމަދު މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި ”ދީނާއި ޤައުމިއްޔަތުގެ ދިފާއުގައި“ މި ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.އަބްދުﷲ މުޙައްމަދު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު މިރާއްޖޭގައި އޮތް އިސްލާމްދީން ނައްތާލުމަށްޓަކައި ބޭރުގެ ޖަމާޢަތްތަކާ ގުޅިގެން ތަފާތު ލާދީނީ ފިކުރުތައް މި ޤައުމުގައި އުފައްދާފައިވާ ކަމަށާއި އިސްލާމް ދީނުގައި ހައްދުތަކާ މެދު މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާފައި ވާކަމަށެވެ.“..ތަރައްޤީ ގެންނަންވީ ގޮތް އޮތީ ކީރިތި ޤުރުއާނާ ސުންނަތުގައި. އަޅުގަނޑުމެން އުޅެންވީގޮތް ވެސް ބަޔާން ކޮށްފައިވީ ކީރިތި ޤުރުއާނާއި ސުންނަތުގައި އަޅުގަނޑުމެން ކައިބޮއެ އުޅެންވީ ގޮތްވެސް އޮތީ ކީރިތި ގުރުއާނާ ސުންނަތުގައި. އަޅުގަނޑުމެން ނުޖެހޭ އެހެން ހެލްޕް ލައިންއެއް ހޯދާކަށް މިއަށް ވުރެ ބޮޑު ހެލްޕު ލައިން އެއް ނުވެސް އޮންނާނެ އަދި ނުވެސް ގެނެވޭނެ..” އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.މީގެ އިތުރުން ރައީސް ނަޝީދު އިސްލާމްދީނުގެ އަގު ވައްޓާލާފައިވަނީ ކެންޕޭނަށް ފައިސާ ހޯދުމަށް ކަމަށްވެސް އަބްދުﷲ މުހައްމަދު ވަނީ ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ