ގައުމީ ޕާޓީން، ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހަދަން ނިންމައިފި

ރިޔާސީ އިންތިހާބުގައި ގައުމީ ޕާޓީން، ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހަދަން އެޕާޓީގެ ކައުންސިލްއިން ނިންމައިފި އެވެ.އެޕާޓީގެ ކައުންސިލުން މިރޭ މިގޮތަށް ނިންމާފައި ވަނީ ވޯޓަކަށް ނުގޮސް މަޝްވަރާކޮށްގެންކަމަށާއި އެޕާޓީއާއެކު ގާއިމްކުރާ ކޯލިޝަން ވަރުގަދަކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ކޮމިޓީއެއް އެކުލަވާލަން ވެސް ކައުންސިލުންވަނީ ނިންމައިފައެވެ.ރިއާސީ އިންތިހާބުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ކަނޑައެޅުމަށް ގައުމީ ޕާޓީން ރޭ ވެސް ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުން ގޮތެއް ނުނިންމުނެވެ.ގައުމީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ވަހީދާ އެކު ކޯލިޝަން ހެދުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގްލަބިއްޔަތުން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ