ޕޮޒިޓިވްވި މީހުން އިތުރުވެ އަދަދު 3،103 އަށް

59 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 3،103 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވެ 24 ގަޑިއިރުގެ ތެރޭގައި 44 ދިވެއްސަކާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ އެކަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.
އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،103 އަށް އަރައިފަ އެވެ.
އޭގެ ތެރެއިން 2،397 މީހުން ވަނީ ރަނގަޅުވެފަ އެވެ.
މި ބަލީގައި 15 މީހަކު ނިޔާވެފައިވާއިރު 696 މީހުންނަށް އަންނަނީ ފަރުވާދެމުންއެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 478 މީހުން ތިބިކަމަށް އެޗްޕީއޭއިން ރިޕޯޓްކުރެއެވެ.
މީގެ އިތުރުން ބ. އޭދަފުށީ ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ