މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް 184 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.
އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 36 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 20 މައްސަލަ، ނަފްސާނީ ހާނިއްކައިގެ އަށް މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ ހިމެނޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 28 މައްސަލަ ވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 10 މައްސަލައަކާއި ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލައެވެ.
މީގެ އިތުރުން ރޭޕްކުރުމާ ގުޅޭ ތިން މައްސަލަ، ޖިންސީ ހާނިކަ ކުރުމުގެ ދެ މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، މާލީ/އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސް އެޅުމުގެ އެއް މައްސަލަ އަދި އިހުމާލުވުމުގެ އެއް މައްސަލަ ހިމެނޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިިދިޔަ މަހު އާއިލީ 16 މައްސަލަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލައެއް، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ އަދި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލައިގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ ދެ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ކުޑަކުދިންނަށް އަނިޔާ ކޮށްގެން 103 މައްސަލައެއް މިދިޔަ މަހު ރިޕޯޓު ކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ