ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ޖުމްލަ 78 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ދެވޭ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ޖުމްލަ 78 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން ބުނީ، އެމްއެންޑީއެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާ ކަމަށާއި، މިއާއެކު ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 78 މިލިއަން ރުފިޔާ މިހާތަނަށް ދޫކުރެވިފައިވާނެ ކަމަށެވެ. އެއީ އެމްއެންޑީއެފްގެ 3334 މުވައްޒަފަކަށް 24 މިލިއަން ރުފިޔާ އަދި ފުލުހުންގެ 3184 މުވައްޒަފަކަށް ވަނީ 20.5 މިލިއަން ރުފިޔާއެވެ. ފްރޮންޓަލައިން އެލަވަންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާއިރު، އެލަވަންސް ދިނުމުގައި ތަފާތު ކުރުން ގެންގުޅެފައިވާ ކަމުގެ ޝަކުވާ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ދާދިފަހުން، ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮސް އިހުތިޖާޖުކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ