އަބުރު ރައްކާތެރި ކޮށްދިނުމާ ހިޔާލްފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނަކީ ދިވެހިރާއްޖޭގެ ގާނޫނުއަސަސީއާ ހިލާފް ގާނޫނެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަބުރު ރައްކާތެރި ކޮށްދިނުމާ ހިޔާލްފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނު ދީނީ ހަމަތަކާ ރާއްޖޭގެ ގާނޫނުއަސާސީއާ ފުށުއަރާތީ އެމަނިކުފާންގެ އަބުރު ރައްކާތެރި ކުރުމަށް އެ ގާނުނުގެ ދަށުން ދައުވާ އެއް ނުކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫން މިފަދަ ގޮތަކަށް ތުވީޓް ކުރައްވާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހަމަ މިފަދަ ގޮތަކަށް ޓުވީޓް ކުރައްވާފައެވެ.
އެގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބަސްބުނެ ހިޔާލްފާޅުކުރުމަކީ އިންސާނީ ތަބީއްޔަތުގެ އެއް އަސާސް ކަމަށެވެ. އަދި އެމަނިކުފާން އެއްވެސް ފަރާތަކާ ދެކޮޅަށް އަބުރުގެ މައްސަލަ އެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެއީ އެމަނިކުފާން ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫން ކަމަށެވެ.
ރައީސް މައުމޫންއާ ރައީސް ނަޝީދު މިފަދަ ގޮތަކަށް ޓުވީޓް ކުރައްވާފައި މި ވަނީ އެ ދެ ބޭފުޅުންނަށް ނިސްބަތް ކޮށް ޕީއެސްއެމް އިން ރިޕޯޓެއް ގެނެސްދީ އަދި ރަޖިސްޓްރީ ނުކޮށް ޕިއެސްއެމްގެ ނަމުގައި ހިންގާ އޮންލައިން ނޫހަކުން އެ ދެ ބޭފުޅުންގެ އަބުރުފުޅަށް އަރައިގަނެފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.
އަބުރުގެ ގާނޫނު ގަނޫނުއަސާސީއާ ހިލާފް، އެ ގާނުނުގެ ދަށުން އަބުރުގެ ދައުވާ އެއް ނުކުރާނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ