އޮޓޯ އިންވެސްޓްމަންޓުން ދައްކަންޖެހޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އޮޓޯ އިންވެސްޓްމަންޓުން ދައުލަތަށް ނުދައްކާ ހުރި ޖީއެސްޓީ އާއި ސުންގަޑިއަށް ޖީއެސްޓީ ދައްކާފައި ނުވުމުން އަރާފައިވާ ޖޫރިމަނާގެ އިތުރުން ސުންގަޑިއަށް ޖީއެސްޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ، މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އޮޓޯ އިންވެސްޓްމަންޓުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 108,735ރ. މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން މީރާއަށް ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ އަންގާފަ އެވެ.
މީގެއިތުރުން ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އޮޓޯ އިންވެސްޓްމަންޓުން ކަނޑައެޅިފައިވާ ތާރީހަށް ޖީއެސްޓީ ބަޔާން ހުށަނޭޅުމުގެ ސަބަބުންނާއި ޖީއެސްޓީ ނުދެއްކުމުގެ ސަބަބުން މިދިޔަ މަހުގެ 30 ވަަނަ ދުވަހާއި ހަމައަށް އަރާފައިވާ 115,137ރ. ގެ ޖޫރިމަނާ އާއި ފައިސާ ދައްކާ ތާރީހާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކައި ހަލާސްކުރުމަށް އަންގާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ