ސަރުކާރާ އެއްގޮތަށް ޝަރުއީ ދާއިރާގެ ރަސްމީ ގަޑިވެސް ހަމަޖައްސައިފި

ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނައި ބަދަލާ އެއްގޮތަށް ޝަރުއީ ދާއިރާގެ ރަސްމީ ގަޑި ވެސް އެގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ ރަސްމީ ގަޑިއަކީ މިއަދުން ފެށިގެން ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.
ސަރުކާރުގެ ރަސްމީ ގަޑިއާއި އެއްގޮތަށް ޝަރުއީ ދާއިރާގެ ރަސްމީ ގަޑިވެސް ހަމަޖައްސާ މިހާރު ވަނީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަން އަންގާފަ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައީ ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު އިތުރު ކުރުމަށާއި ސަރުކާރުގެ ވަޒީފާގެ އިތުރުން ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރުމަށް ފުރުސަތު ދިނުމުގެ އިތުރުން ދިވެހި ޒުވާނުންނަށް ކުޅިވަރު ކުޅުމާއި ތައުލީމު ހާސިލުކުރުމާއި ފަންނީ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ