މިއަދާއި މާދަމާވެސް މޫސުން ގޯސް

ރާއްޖޭގެ މޫސުން މިއަދާއި މާދަމާވެސް ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މިއީ ދެމޫސުން ބެދޭ ދުވަސްވަރު ކުރަމުންދާ ވިއްސާރަކަމަށާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މި ގޮތަށް ލަފާކުރާ އިރު ރޭ 11:30 އިން ފެށިގެން ގާތްގަނޑަކަށް ތިންގަޑި ބައިވަންދެން މެދު ނުކެނޑި އޭދަފުއްޓަށްވެސް ވަނީ ބޯކޮށް ވާރޭ ވެހިފަ އެވެ.
މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނީ، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ އެވެ.
ރާއްޖޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ