ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ވަކިކުރަން ހުށަހަޅައިފި

ދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު، މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއެސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. 
އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް މިއަދު ޖޭއެސްސީއިން ހުށަހެޅީ އޭނާއާ ގުޅޭ ގޮތުން ބަލަމުންދިޔަ ސުލޫކީ މައްސަލަ ސާބިތުވުމުންނެވެ. 
އެ މައްސަލައަކީ ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތުގެ އަގު ހޯދުމަށް މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ ހިންގި ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާ އާއި އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭ ކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި އެ ކޯޓުގެ ގަޒިއްޔާ، 04 މެއި 2015 ގައި ދ .މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް އެ ދެ ގަޒިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް އަބްދުއްރައްޒާގު ދ. މާއެނބޫދޫ ކޯޓުން ކޯޓު އަމުރު ނެރެ ދައުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން މާއެނބޫދޫ ކޯޓަށް ހާޒިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ