ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އަހުމަދު އިސްމާއިލް ރޭ އިންތިހާބުކޮށްފި އެވެ.
ރައީސްގެ މަގާމަށް އިސްމާއިލް ރޭ އިންތިހާބު ކުރުމުގެ ކުރިން ހުންނެވީ އެއެސޯސިއޭޝަންގެ ނައިބް ރައީސްގެ މަގާމުގައެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، ރައީސްގެ މަގާމަށް އިސްމާއީލް އިންތިހާބު ކުރަން ޖެހުނީ، ކުރިން ރައީސް ކަމުގެ މަގާމުގައި ހުރި އިބްރާހިމް އިސްމާއިލް މާގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަދި ރައީސްގެ މަގާމަށް އަހުމަދު އިސްމާއިލް އިންތިހާބުވުމާ އެކު ނައިބް ރައީސްގެ މަގާމް މިވަގުތު ހުސްވެފައިވާ ކަމަށާއި އެހެންވެ އެ މަގާމަށް މީހަކު ހޮވުމަށް ވަރަށް އަވަހަށް ބައި އިލެކްޝަނެއް ބާއްވާނެ ކަމަށް ވެސް ހޭންޑްބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އިބްރާހިމް އިސްމާއިލް ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްޕޯޓްސް ކައުންސިލަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
މީގެ އިތުރުން ރޭ ބޭއްވި ބައި އިލެކްޝަނުގައި ބޯޑް މެމްބަރު މުޒުހިރާ އާދަމް މަގާމުން ވަކިވެފައިވާތީ، އެ މަގާމަށް ހޮވީ ނެޓްބޯޅައިގައި ކުރިން ހަރަކާތްތެރިވި މޫމިނާ އާދަމް (މޫންޓީ) އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސަކަށް އަހުމަދު އިސްމާއިލް އިންތިހާބު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ