18 އަހަރުން ދަށުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް، ފަސް ސުކޫލަކާއެކު މިއަދު ފަށައިފި އެވެ.
ހެންވޭރު ބޯޅަ ދަނޑުގައި މިއަދު ހެނދުނު ފެށި މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރި ދެޓީމަކީ އަރަބިއްޔާއާއި ދ.އަތޮޅު ތައުލީމީ މަރުކަޒެވެ. މިމެޗް 3-0 ލަނޑުން ކާމިޔާބު ކުރީ ދ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ.
އަރަބިއްޔާއާއި ދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރާ އަނެއް ތިން ސުކޫލަކީ ވިލާ އިންޓަނޭޝަނަލް ސްކޫލާއި ސީއެޗްއެސްސީ އަދި އަހުމަދީޔާ އިންޓަނޭޝަނަލް ސުކޫލެވެ.
އެފްއޭއެމްއިން ބުނީ، މިއަދު ފެށި މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މި މުބާރާތުގައި މިއަދު ހަވީރު 4:00ގައި ބައްދަލުކުރާ ދެޓީމަކީ ވިލާ އިންޓަނޭޝަނަލް ސުކޫލާއި ސީއެޗްއެސްސީ އެވެ.
18 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ