ފިޔޯރީއަށް ވަގުތީ ގޮތުން ކަރަންޓް ދީފި

ގދ. ފިޔޯރީ އިންޖީނުގޭގައި ބެޓަރީއެއް ގޮވައި ހިނގައިދިޔަ ހާދިސާއަށްފަހު މުޅި ރަށުން ކަރަންޓު ކެނޑިފައި އޮތުމަށްފަހު، މިހާރު އެރަށަށް ވަގުތީ ގޮތުން ކަރަންޓް ދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފިޔޯރީ އިންޖީނު ގޭގައި ބެޓަރިސެޓެއް ގޮވާ މިދިޔަ ހުކުރު ދުޗަހުގެ މެންދުރު ވަގުތު ހިނގި ހާދިސާގައި ވަނީ އެތަނުގެ ޓެކްނީޝަނެއް ކަމުގައިވާ، ނަޒީދު އަބްދުﷲ (26) ނިޔާވެފައެވެ.
ފެނަކައިން ބުނީ، އެރަށަށް ވަގުތީ ގޮތުން ކަރަންޓް ދިނުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން މިއަދު ފަތިހު 4:14 ހާއިރު ރަށަށް ވަގުތީ ގޮތުން ކަރަންޓް ފޯރުކޮށްދީފައި ވާކަމަށެވެ.
ފެނަކަ އިން މ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެރަށަށް ކަރަންޓް މިހާރު ދީފައި ވަނީ ގއ. ދެއްވަދޫ ބްރާންޗުގައި ހުރި 180 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއް ގެެނެސްގެން ކަމަށެވެ.
"މިހާރު ކުންފުނިން މަސަތްކަތް ކުރަމުން ދަނީ އެރަށުގެ ރައްޔިތުން ދިރިއުޅެމުންދާ ހިސާބު ދުރުގައި އިންޖީނުގެ ބަދަލުކުރުމަށް އިމާރާތް ކޮށްފައިވާ ތަނަށް ފިޔޯރީގައި ހުރި އިންޖީނުތައް ބަދަލު ކުރުމަށް ޓަކައި އެ އިމާރާތް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނެސް ދާއިމީ ކަރަންޓްގެ ހިދުމަތް ފޯރު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސަތްކަތެވެ،" އެ ބަޔާނުގައި ވެއެވެ.
ހުކުރު ދުވަހުގެ 13:00 ފެށިގެން އެރަށުން ކަރަންޓް ކެނޑިފައިވާއިރު، މުޅި ރަށަށް ދާއިމީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަހެއްހާ ދުވަސް ނަގާނެކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ