މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެ: ސްޓެލްކޯ

ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުންދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
މިހާރު ވެސް ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.
ސްޓެލްލޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓު ކެނޑެމުންދިޔަ ކަމުގައި ވިޔަސް ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ އެ ކުންފުންޏަކުން ނުބުނެ އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެކަން ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަން. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.— STELCO (@STELCOMALDIVES) June 17, 2020
ސްޓެލްކޯގެ ޓުވީޓް"ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން،" ޓްވީޓުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ