މެމްބަރު އަބްދުﷲ ޝާހިދާއި އަބްދުﷲ ރިޔާޒާއި އަބްދުއްލަތީފް ހައްޔަރު ކޮށްފި

18:16 - މިއަދުގެ އިހުތިޖާޖުގެ ތެރެއިން ފުލުހުންވަނީ މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައި. އޭގެ ތެރޭގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްވެސް ހިމެނިވަޑައި ގަންނަވާ
----
18:13 - މަޖީދީ މަގު - މާވެޔޮ މަގު ސަރަހައްދު، ކުނޫޒު ސަރަހައްދު އަދި މަޖީޖީ މަގުގެ އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އިހުތިޖާޖު ކުރިއަށް އެބަދޭ. ފުލުހުން ގެންދަނީ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތްވެސް ކުރަމުން. އަދި އާންމުން ދުރަށް ޖެއްސުމަށްޓަކައި ފުލުހުން ޕެޕަރ ސްޕްރޭ ބޭނުން ކުރަމުންވެސް ގެންދޭ
---
18:09 - ތިމަންނާމެންގެ ވާޖިބު އަދާކުރަނީއޭ ބުނެ އަނެއްބައެއްގެ ވާޖިބަށް ހުރަސްއަޅައިގެން ނުވާނެ. ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުންގެ އެ މައްޗަށް އަމަލުކުރަންޖެހޭ އެއްޗަކަށް ނުވާއިރު، އޭގެ ދަށުން ރައްޔިތުންނަށް ހުރަސްއަޅައިގެން ނުވާނެ. ފުލުހުންނާއި ސިފައިންވެސް އެގޮތަށް އެކަން ކޮށްގެން ނުވާނެ - ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް
---
18:02 - ތުލުސްދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު މުހައްމަދު ވަހީދު އިބްރާހިމް "ޕެޕަރ ސްޕްރޭ ބޭނުން ކުރުމާ ބެހޭ ގަވާއިދެއް ފުލުސް އޮފީހުގައި އޮންނާނެ. އެ އުސޫލުގެ ބޭރުން އެފަދަ ކަމެއް ކޮށްފިނަމަ އޭގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ. ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރަމުންދާ ދިއުމަކީ މިއަދު ރައްޔިތުންނަށް ލިބެމުންދާ އެންމެބޮޑު އަނިޔާ. ޖުޑިޝަރީއާއި، ޕާލަމެންޓް ހުއްޓުވައި އެންމެ މީހެއްގެ ބާރު ދެމެހެއްޓުމަށް ޖަންގަލީގެ އުސޫލު ޖެހުމަކީ ކުރެވިގެންވާނެ ކަމެއްނޫން. ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ދެވޭ ލައިސަންސެއްނޫން. ތިމާގެ އަމިއްލަ ކަންތައްތަކެއް ދިފާއުކުރުމަށް ދެން ތިބި އެންމެންނަކީ ޣައްދާރުންތަކެއް ކަމަށް ދެކިގެންނުވާނެ. ބަޔަލު ބޭނުން ކޮށްގެން ރައްޔިތުންނަށް އަނިޔާކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން. ބާރުގެ ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން، ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައި. ރައްޔިތުން މިއަދު ރަތަށް އެރީމާ، ގާނޫނު ނަގަހައްޓަނީއޭ ބުނުމަކީ ގަބޫލު ކުރެވޭނޭ ކަމެއްނޫން. އެއީ ގާނޫނީ ހަމައެއް އަދި އުސޫލެއްވެސް ނޫން"
---
18:01 - މާލޭ ގްރޭންޑް ސަރަހައްދުގައި ގިނަ އަދަދެއްގެ އާންމުން އަދިވެސް އަޑުއުފުލަމުން އެބަގެންދޭ. އެތަނަށް އެއްވި މީހުން ދުރައް ޖެއްސުމުން މީހުންވަނީ މަގުގެ ދެ ފަރާތުގައި މަޑުކޮށްލައިގެން އެބަތިބި
---
17:45 - އައްޑޫ ސިޓީގެ މަގުތަކަށްވެސް އެތައްސަތޭކަ ބަޔަކު ނުކުމެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އަޑުއުފުލަމުން އެބަގެންދޭ
----
17:41 - އިހުތިޖާޖު ހުއްޓުވުމަށްޓަކައި އިސް ސަފުގައި ތިއްބެވި ބޭފުޅުން ގެންދަނީ ހައްޔަރު ކުރަމުން. ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ހައްޔަރުކުރިކުރުން ކުށްވެރި ކުރަން. މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކުރުންވެސް ކުށްވެރި ކުރަން.
އެބޭފުޅުން ހައްޔަރު ކުރިނަމަވެސް، ސުލްހަވެރި ކަމާއެކު މިބާއްވާ އިހުތިޖާޖު ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އާންމުންނަށް ގޮވާލަން. ފުލުހުް ގާނޫނީ އިމުގެ ތެރެއިން އެބޭފުޅުންގެ ވާޖިބުތައް އަދާކުރުމާއިގެން ކުރިއަށް ދިއުމަށް ގޮވާލަން.
އިތުރު ކަންކަން ނިއުޅެމުންދާ ވަރަކަށް މީޑިއާއާއި ހިއްސާ ކުރަމުންދާނަން. މިވަގުތު ގޮވާލަން ބޭނުންވަނީ އިހުތިޖާޖު ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް..
----
17:40 - ގުޅިފައިވާ ޕާޓީތަކުން މިއަދު ހަވީރުން ފެށިގެން މަޖީދީ މަގުގައި ކުރިއަށްގެންދާ އިޖުތިޖާޖު ހުއްޓާނުލާ ކުރިއަށް ގެންދާގޮތަށް ޕާޓީތަކުން ވަނީ ނިންމާފައި - އަލީ ސޯލިހް
----
17:33 - ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހައްޔަރު ކޮށްފި. ފުލުހުން އެދެބޭފުޅުން ހައްޔަރު ކޮށްފައިވަނީ މަޖީދީ މަގު – ސޯސަންމަގު ސަރަހައްދުގައި ތިއްބަވަނިކޮށް. މީގެ އިތުރުން، ކުރީގެ ސްޓޭޓް މިނިސްޓަރ މުޖުތަބާއާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓް ނައީމާއްތައާއި އަދި އާންމު އިތުރު ބައެއް ފަރާތްތައް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލްއަކަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށް އެ ހިސާބުގައި ހުރި ވީމީޑިއާގެ ޖާނަލިސްޓް ބުނޭ.
އަދި ފުލުހުން އެއްވެސް އިންޒާރެއް ދިނުމެއްނެތި ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުންނަށް އޭގެ އަސަރުކޮށް އޭޑީކޭ ހޮސްޕިޓަލަށް ވައްދަމުންދާ ކަމަށްވެސް މައުލޫމާތުދޭ.
---
17:23 - އިހުތިޖާޖުގެ ބައިވެރިންގެ ތެރޭގައި ހުންނަވަނިކޮށް ޝައިޚް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމްގެ މޫނުފުޅަށް އާދަޔާ ޚިލާފް ގިނައިން ޕެޕަރ ސްޕްރޭ ޖަހައިފި. އިމްރާންގެ އަނބިކަނބަލުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފޮޓޯއެއް އަދާލަތު ޕާޓީން ޓްވީޓް ކޮށްފައިވޭ
---
17:22 - އިހުތިޖާޖު ކުރާ ފަރާތްތަކާމެދު ތިގޮތަށް އަމަލު ނުކުރާށޭ - އިމްތިޔާޒް ފަހުމީ
--
17:18 - ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި، ބާރުގެ ބޭނުންކޮށް އިހުތިޖާޖުގެ ބައިވެރިން ދުރަށް ޖައްސައިފި. ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބެމުންދާ ކަމަށްވެސް ސަރަހައްދުގައި ތިބި ނޫސްވެރިން ބުނޭ. އަދި ލައިވް މަންޒަރުތަކުންވެސް ދަނީ ފެންނަމުން
----
17:15 - ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މަންމާފުޅުގެ ލޮލަށްވެސް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި. އެ ހިސާބުގައި ތިބި ނޫސްވެރިން އެކަން ކަށަވަރުކޮށްދޭ
---
17:12 - މަޖީދީ މަގު - އަލިކިލެގެފާނު މަގު ގުޅުނު ސަރަހައްދުން އިތުރު ދެމީހަކު ހައްޔަރުކޮށްފި. އެތަނުން އެކަކު ހައްޔަރުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށް އެހިސާބުގައި ހުރި ޖާނަލިސްޓް ބުނޭ
--
17:05 - އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއީލާއި، އިތުރު މީހަކު ބިޑިއަޅުވައިގެން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންގޮސްފި. ފުލުހުން އެދެމީހުން ހައްޔަރު ކޮށްފައިވަނީ މަޖީދީ މަގު - ސޯސަންމަގު ގުޅުނު ހަތަރުއަނގޮޅި ސަރަހައްދުން ކަމަށް އެ ސަރަހައްދުގައި ހުރި ވީމީޑިއާގެ ޖާނަލިސްޓް ބުނެފައިވޭ
--
17:04 - ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހަންމަދު ހައްޔަރު ކޮށްފި. ފުލުހުން އަބްދުއްލަތީފް ހައްޔަރު ކޮށްފައިވަނީ މަޖީދީ މަގު - މާވެޔޮމަގު ސަރަހައްދުން
---
1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގެ މަޖީދީ މަގަށް ޖަމާވެފައިވާ މީހުން ފަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އެގޮތުން، މަޖީދީ މަގު އަލިކިލެގެފާނު މަގު ހަތަރު އަނގޮޅި ސަރަހައްދާއި، މަޖީދީ މަގު - ސޯސަންމަގު ގުޅުނު ސަރަހައްދަށް ޖަމާވެފައިވާ އާންމުން ފަހަތަށް ޖެއްސުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން އެބަގެންދެއެވެ.
އަލިކިލެގެފާނު މަގު ސަރަހައްދަށް ޖަމާވެފައިވާ އާންމުންގެ ތެރެއިން ފުލުހުން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ވީމީޑިއާގެ ޖާނަލިސްޓަކު ބުނެފައި ވެއެވެ.
ފުލުހުނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ