މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ކަރަންޓް ނަރުތައް ކޮށާލައިގެން ވަގަށް ނަގައިފިއެވެ.
އެ އިމާރާތަށް މީހަކު ވަދެ، އެތަނުގައި ވަޔަރު އަޅަމުން ދިޔަ ކަރަންޓް ނަރުތައް ވަގަށް ގެންގޮސްފައި ވަނީ ރޭ މެންދަމުން އަލިވެ 3:00 ޖަހާ އެހާއިރުގައި ކަމަށް ބެލެވިފައިވާ ކަމަށާއި އެމައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި އެއިމާރާތުގެ މަސައްކަތް ކުރާ ފަރާތުން ބުންޏެވެ. އަދި އެހާއިރު އެ އިމާރާތުގެ ތެރޭގައި މީހަކު އުޅުނުކަމުގެ މައުލޫމާތު ބައެއް މީހުންގެ ފަރާތުން ލިބިފައިވާކަމުގައިވެސް އޭނާ ބުންޏެވެ.
ވަޔަރު ކުރަމުން ދިޔަ ކަރަންޓް ނަރުތައް ކޮށާލައިގެން ވަގަށް ގެންގޮސްފައި ވަނީ، މާޑު ގަރާޖު ކައިރިން ދޫހިމެރި މަގުގައި ހުރި އިމާރާތަކުންނެެވެ. މުޅި އިމާރާތުގައި ވަޔަރު އަޅަމުންދިޔަ ކަރަންޓް ނަރުތައް ކޮށާލައިގެން ގެންދިޔައިރު އެއީ ބޮޑު ދެނަރު ރޯލުގެ ނަރުކަމުގައިވެސް އޭނާ ބުންޏެވެ،
ކަރަންޓް ވަޔަރު ކުރުމަށް ބޭނުންވާ ނަރުގެ އެތެރޭގައި ހިމެނޭ ލޮޔަކީ ރާއްޖެއިން ބޭރަށް މައުދަނުގެ ބާވަތްތައް ފޮނުވާ ކުންފުނިތަކުން ކިލޯކިރައިގެން ގަންނަ އެއްޗަކަށް ވާތީ، ނަރުވިއްކުމުގެ މަސައްކަތް އާމުދަނީ ހޯދުމުގެ ގޮތުންވެސް ބައެއް މީހުން ކޮށްއުޅެއެވެ.
މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު، ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ހަނި ގޯޅިއެއްގެ ތެރޭގައި މީހެއްގެ ކަރުގައި ވަޅިޖައްސައި ބިރުދައްކައިގެން ފޭރެން އުޅުނު މައްސަލައެއްވެސް ފުލުހުން ވަނީ ބަލަން ފަށާވައެވެ.
ހަދަމުން ދިޔަ އިމާރާތެއްގެ ކަރަންޓް ނަރުތައް ކޮށާލައި ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ