މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓް

މިއަދު ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރުގައި ރާއްޖޭގެ ހުރިހާ ބަޔަކަށްވެސް މޫސުން ގޯސްވާނެ ކަމަށެވެ. މޫސުމަށް ސަމާލުވުމަށް އެދި މެޓް އޮފީހުން މިއަދު ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ. އަދި ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 08:00 ފެށިގެން މެންދުރު 12:00 އާ ހަމައަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން އެ ސަރަހައްދުތަކަށް ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުގެ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ދަތުރުފަތުރުކުރުމުގައި އަދި އެނޫންވެސް ކަންތައްތަކުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ