ކެމްޕޭނަށް ފައިސާ ހޯދާ ގޮތް ބަލަން ރަސްމީ ޝަކުވާއެއް ނާދޭ: އިލެކްޝަން

ޕާޓީތަކުން ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން ފައިސާ ހޯދާ ގޮތާ ބެހޭ ގޮތުން ތުހުމަތުކޮށް އެކަން ބަލަން ރަސްމީ ސިފައެއްގަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވީ ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޕާޓީތަކުން ކެމްޕެއިނަށް ފައިސާ ހޯދާ ގޮތާއި ބެހޭ ގޮތުން އެ ކޮމިޝަނަށް ގިނަ ފަރާތްތަކަކުން ފޯނުން މައްސަލަ ހުށަޅާ ކަމަށެވެ.
"ނަމަވެސް އެ މައްސަލަތަކަކީ ރަސްމީ ގޮތެއްގައި ބަލައިގަނެވޭނެ މައްސަލަތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އެފަދަ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާ ފަރާތްތަކުން ހުށަހަޅަޅަންޖެހޭނީ ރަސްމީ ސިފައިގައި ކަމަށާއި އެ ނޫން ގޮތަކަށް އެފަދަ މައްސަލަތަށް ބަލައިގަންނަން ކޮމިޝަނަށް އުނދަގޫ ކަމަށެވެ.
ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ބެހޭ ގޮތުން ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ގުޅައި އެފަދަ މައްސަލަތައް ރިޕޯޓް ކުރި ނަމަވެސް ކު އެ މައުލޫމާތުދޭ ފަރާތުގެ ވަނަވަރު ސާފުކޮށްދޭ އެ ފަރާތްތަކުން އިންކާރު ކުރާ ކަމަށެވެ.
"ރަސްމީ ގޮތެއްގަ މިފަދަ މައްސަލައެއް އިލެކްޝަނަށް ހުށަހެޅިއްޖެ ކަމަށްވާނަ އެ މައްސަލައެއް ކޮމިޝަނުން ބަލައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" ފުއާދު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިހާބުގަ ހަރަދު ކުރެއްވޭނީ ބޮލަކަށް 1500 ރ. ގެ ރޭޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ