އިންވެސްޓްމެންޓް ފޯރަމް ކަވަރުކުރުމަށް "ހަވީރު"ގެ ނޫސްވެރިއަކު ސިންގަޕޫރަށް

މާދަމާ ސިންގަޕޫރުގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ކަވަރުކުރުމަށް "ހަވީރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހްމަދު ހަމްދޫން މިއަދު ސިންގަޕޫރަށް ފުރައިފި އެވެ. ބޭރުގެ ގައުމެއްގައި ބާއްވާ ރާއްޖޭގެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމުގެ ހަބަރާއި ރިޕޯޓުތަކާއި އެހެނިހެން މައުލޫމާތު އަދި ފޮޓޯ ހަވީރުން، ކިޔުންތެރިންނަށް ގެނެސްދެމުންދާނެ އެވެ. ސިންގަޕޫރުގެ އެންމެ އަގުބޮޑު އެއް ހޮޓާ ކަމުގައިވާ މެރީނާ ބޭ ސޭންޑްސްގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް ރައީސް އަބްދުﷲ ޔާމީން ވެސް މިއަދު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ. އިންވެސްޓްމެންޓް ފޯރަމުގައި ހުޅުވާލާނެ ބޮޑެތި މަޝްރޫއުތަކަކީ އިހަވަންދިއްޕޮޅު އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް، "އައިހެވަން" އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއާއި މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެތަން ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ރާއްޖޭގެ ސަރަހައްދުން ތެލާއި ގޭސް ނެގުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ