ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު ވަހީދު ހަސަން މަނިކު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނިކުމެ ވަޑައިގެންފައިވާއިރު، ރާއްްޖޭގައި އިނތިހާބަކަށް ހެދޭ އެންމެ ބޯޑު ކޯލިޝަން އޮންނާނީ އެ މަނިކްފާނުގެ ފަހަތްޕުޅުގައި ކަމަށާއި އެކޯލިޝަން ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެނގިގެންދާނެކަމަށް ޤައުމީ އިއްތިހާދުން ބުނެފިއެވެ.
ގައުމީ އިއްތިހާދުން މިދިޔަ ބުރާސްފަތި ދުވަހު ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން އާދިލް އައްބާސް ރިޒާ ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއް، ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރައީސް ވަހީދުގެ ކޯލިޝަނާއި ގުޅޭ ޕާޓީތައް އާންމުންނާށް އެނގިގެން ދާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެނޑިޑޭޓް، ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ނިކުމެ ވަޑައިގަންނަވާއިރު ދިވެހިރާއްޖޭގައި އިންތިހާބަކަށް މިހާތަނަށް ހެދޭ އެންމެ ބޮޑު ކޯލިޝަން އޮންނާނީ އެ މަނިކްފާނާއި އެކު،" އައްބާސް ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ފަހަތްޕުޅުގައި ބޮޑު ކޯލިޝަނެއް އޮންނާނެ ކަމަށް ގައުމީ އިއްތިހާދުން ބުނެފައިވާއިރު، ރާއްޖޭގައި އޮތް 16 ސިޔާސީ ޕާޓީގެ ތެރެއިން އެންމެ ބޮޑު ހަތަރު ޕާޓީންވެސް ވަނީ ރިޔާސީ ރޭހަށް ކެނޑިޑޭޓުން ނެރެން ނިންމާފައެވެ. އެގޮތުން އެމްޑީޕީން ރައީސް މުހަންމަދު ނަޝީދު ނިކުންނަވާއިރު ޕީޕީއެމްގެ ޕްރައިމަރީގައި ބައިވެރިވެފައިވާ އަބްދުﷲ ޔާމީން ނުވަތަ އުމަރު ނަސީރު އެޕާޓީގެ ޓިކެޓު ހޯއްދަވާނެ އެވެ. އަދި ޑީއާރުޕީން އަހުމަދު ތަސްމީނު އަލީ ނިކުންނަވާއިރު ޖުމްހޫރީ ޕާޓީން ނިކުންނަވަނީ ގާސިމް އިބްރާހިމް އެވެ.
ރައީސް ވަހީދު ކޯލިޝަން ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެނގޭނެ: ގައުމީ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ