އިންޑިއާގެ ގާޑަން ސިޓީ ކޮލެޖްގެ ޗެއާމަނަށް މައުމޫން ފައުންޑޭޝަނުން ހަނދާނީ ފިލައެއް އަރުވައިފި

އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުގެ ޗެއާމަން ޑރ. ޖޯޒެފް.ވީ. ޖޯޖް އަށް މައުމޫން ފައުންޑޭޝަނުން އިއްޔެ ހަނދާނީ ފިލައެއް އަރުވައިފި އެވެ. އެ ފައުންޑޭޝަނަށް އޭނާ ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކަށްޓަކައި އެ ފިލާ އެރުވީ މައުމޫން ފައުންޑޭޝަންގެ ޗެއާމަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަށް އެ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ. މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި އެ ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒްގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ޑރ. ޖޯޒެފް މިދިޔަ ތިން އަހަރު ދުވަހު މައުމޫން ފައުންޑޭޝަނަށް ހޯއްދަވައި ދެއްވި ސްކޮލަޝިޕްތަކެއްގައި 21 ދަރިވަރަކު މިހާރު ވެސް ގެންދަނީ ގާޑަން ސިޓީ ކޮލެޖުގައި ކިޔަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ