ރާއްޖެ ޓީވީ ބޮއިކަޓް ކުރުމަށް ގާސިމް ގޮވާލައްވައިފި

އެމްޑީޕީގެ ހަރަކާތްތައް އެންމެ ގިނައިން ދައްކަމުންދާ ރާއްޖެ ޓީވީ ބޮއިކަޓް ކުރުމަށް މަޝްހޫރު ވިޔަފާރި ގާސިމް އިބުރާހިމް ގޮވާލައްވައިފި އެވެ.
ވެރިކަން ކުރާ އިއްތިހާދުން ބޭއްވި މަހާސިންތާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެ ޓީވީ އަކީ ކޮންބައެއްކަން އެގިލައްވާ ކަމަށެވެ.
" ރާއްޖެ ޓީވީ ބޮއިކަޓް ކުރޭ. އެ ނާއްސަވާށޭ. އަޅުގަނޑުމެންނަށް އެނގޭ އެއީ ކޮންބައެއްކަން" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީ މީހުން ނަކީ ވަޅިހަރާ ބައެއް ކަމަށާއި، އެމްޑީޕީގައި ތިބީ ހުސް ޣައްދާރުން ކަމަށެވެ. އަދި ގާސިމް ވިދާޅުވީ ޑރ.ވަހީދުގެ ސަރުކާރު ދިފާއު ކުރުމަށް ޖާނާއި މާލު ހުސްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމްޑީޕީގައި ތިބީ ހުސް ދޮގުވެރިން ކަމަށާއި އެމްޑީޕީއަށް ދާނީވެސް ދޮގުވެރިން ކަމަށާއި، އެމްޑީޕީން އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަނީ މުޅި ގައުމުގެ ހަޒާނާ ދިރުވާލައިގެން ތިބެގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ