ކޮމާޝަލް ބޭންކުގައި ހުރި ބޭނުން ނުކުރާ 144 އެކައުންޓް އުވާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގައި ހުރި އެކައުންޓުތަކުގެ ތެރެއިން ބޭނުން ނުކުރާ 144 އެކައުންޓެއް ބަންދުކުރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ކޮމާޝަލް ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވިދިވިދިގެން ފަސް އަހަރު ވަންދެން، އެކައުންޓުގެ ވެރިފަރާތުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ އެ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅަށް ގާނޫނުން ބާރުލިބިދޭ ކަމަށެވެ. އެހެންކަމުން އެ ބޭންކުގައި ހުރި، ވެރިފަރާތުން އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރު ވެފައިވާ އެކައުންޓްތަކާމެދު އަމަލު ކުރަންވީ ގޮތް އެންގުމަށް އެ ފަރާތްތަކަށް މުހުލަތެއް ދީ، ކަސްޓަމަރުންނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ބޭންކުން ބުންނެވެ. ނަމަވެސް މި ސިޓީއަށް ޖަވާބެއް ނުލިބިއްޖެ ނަމަ، އެ އެކައުންޓްތަކުގެ މައުލޫމާތު ގެޒެޓްގައި ޝާއިއުކޮށް، ނޫސްތަކުގައި ހިއްސާ ކުރާނެ ކަމަށް ބޭންކުން ބުންޏެވެ. އެހެންކަމުން މައުލޫމާތުތައް އާންމުކުރާތާ 60 ދުވަސް ހަމަވުމުން، އެފަދަ އެކައުންޓްތައް ބަންދު ކުރުމަށް ޓަކައި އެފަދަ އެކައުންޓްތަކުގައި ހުރި ފައިސާތައް އެމްއެމްއޭއާ ހަވާލު ކުރާނެކަމަށް ކޮމާޝަލް ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ