ހިންނަވަރުން ތަފާތު ބޮޑު ނަތީޖާއެއް، އިންތިއަށް ލިބުނީ 1 ޕަސެންޓް ވޯޓް!

މިއަދު ކުރިއަށްދާ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ޅ. ހިންނަވަރުގައި ބަހައްޓާފައިވާ ފޮށިން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް 99 ޕަސެންޓް ވޯޓް ލިބިއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ބަންދުކޮށް ގިނަ މަރުކަޒުތަކުގައި ވޯޓު މިހާރު ގުނަމުންދާ އިރު، ހިންނަވަރުގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން ފައްޔާޒަށް ވަނީ 600 ވޯޓް ލިބިފަ އެވެ. ވާދަވެރި ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ލިބުނީ 1 ޕަސެންޓް ވޯޓެވެ.
މިއީ މި އިންތިހާބުގައި އެންމެ ތަފާތު ބޮޑުކޮށް އަދި ފެނުނު ވޯޓް ފޮއްޓެވެ.
މާލޭގައި ދިރިއުޅޭ ހިންނަވަރަށް ނިސްބަތްވާ މެންބަރުން ވޯޓު ލުމަށް ދަރުމަވަންތަ ސްކޫލުގައިވެސް ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. އެ ވޯޓް ފޮށީގެ ނަތީޖާ އަދި ލިބިފައެއް ނުވެ އެވެ. އެ ވޯޓް ފޮއްޓަކީ ފައްޔާޒު ނިސްބަތްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލެއްވި ފޮއްޓެވެ.
ޅ. އަތޮޅުގެ ނަތީޖާތައް ދައްކާ ގޮތުން ނައިފަރު ދާއިރާއިންނާއި ކުރެންދޫ ދާއިރާއިންވެސް ކުރީގައި އުޅުއްވަނީ ފައްޔާޒެވެ. އެގޮތުން ނައިފަރުގައި ބަހައްޓާފައި ހުރި ފޮށިން ފައްޔާޒަށް 62 ޕަސެންޓް ލިބިފައިވާ އިރު، އިންތިއަށް ލިބިވަޑައިގެންފައި ވަނީ 38 ޕަސެންޓް ވޯޓެވެ.
އަދި އޮޅުވެލި ފުއްޓާއި ކުރެންދޫ ހިމެނޭ، ކުރެންދޫ ދާއިރާއިން ފައްޔާޒަށް ލިބިފައިވަނީ 60 ޕަސެންޓް ވޯޓެވެ. އިންތިއަށް ލިބިފައިވަނީ 40 ޕަސެންޓް ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ