ކޮރަޕްޝަން ބެލުމަށް މި ސަރުކާރު ފެއިލްވެއްޖެ: މެމްބަރު އުޝާމް

ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބެލުމަށް މި ސަރުކާރު ފެއިލްވެއްޖެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވެފައިމިވަނީ ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ނުކުރެވި ހުރުމުން އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވުމާއި ގުޅިގެން އެކަމަށް ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އުޝާމް ވިދާޅުވީ ހާއްސަ ކޮމިޝަނެއް އުފައްދައިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބަލައި، އެފައިސާ ހޯދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ.
އަދި ވެރިކަމަށް އައީ އެވައުދު ވިއްކައިގެން ކަމަށާއި 3 އަހަރުވީއިރުވެސް އެވައުދު ނުފުއްދުނު ކަމަށްވެސް މެމްބަރު އުޝާމް ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުވާލާފައިވަނީ، އެ ކޮމިޝަނުން ބަލަން ޖެހެ މައްސަލަތައް އެކި އެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް މައްސަލަތައް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީކަމަށް ބުނެއެވެ.
ޖުމްލަ ފަސް މެމްބަރުން ހިމެނޭ މި ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދައުލަތުގެ ތެރޭގައި ކުރިން ހިނގާފައިވާ ކަރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގުކޮށް އިންސާފު ގާއިމްކޮށްދެއްވުމަށްޓަކައި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް ސާލިހް، ރިޔާސީ ކޮމިޝަނެއް އުފެއްދެވީ، 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުގައެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރައްވައި ލިޔުން ހަވާލުކުރެއްވީ 04 ޑިސެމްބަރު 2018 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ