ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާފައި ވަނީ މާލޭ ދަފްތަރު 3087 އަލީ އާދަމާއި ހއ. ކެލާ ދެރަހަ އާދާމް އާރިފެވެ. ހއ. ކެލާ ދެރަހަ އާދާމް އާރިފް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން އެ ދެ ބޭފުޅުންގެ ތެރެއިން އަލީ އާދަމް މިހާތަނަށް ހުންނެވީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމުގަ އެވެ. އަދި އާދަމް އާރިފް މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމުގައެވެ. އޭނާ އަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. މާލޭ ދަފްތަރު 3087 އަލީ އާދަމް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2560 އާދަމް އިބްރާހީމް އިސްމާޢީލް އާއި ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދެވެ. އެ ދެ ބޭފުޅުން މިހާތަނަށް ތިއްބެވީ މެޖިސްޓްރޭޓުންގެ ގޮތުގައެވެ. ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން މިރޭގެ ރަސްމިއްޔާތުގައި އެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އަދި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. ދަފްތަރު ނަންބަރު 2560 އާދަމް އިބްރާހީމް އިސްމާޢީލް ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ