ފައިސަލް ނަސީމަށް ގާސިމް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފި

2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ހުރިހާ އިދިކޮޅު ޕާޓީތަކުން ކަނޑައަޅާ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން، ކުރިމަތިލި ކާށިދޫ - ގާފަރު ދާއިރާގެ މަޖިލިސް މެމްބަރު، ފައިސަލް ނަސީމް އަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ތާއީދު އެމަނިކުފާނު އަބުރާ ގެންގޮސްފިއެވެ.
ގާސިމް މިގޮތަަށް ނިންމެއްވީ ދާދި ދެއްމެއަކު ކުރެއްވި ޓުވީޓެއްގައެވެ. ޖުމުހުރީ ޕާޓީގެ ކައުންސިލް މެންބަރުންނަށް ވެދުންކޮށް ގާސިމް ކުރެއްވި ޓުވީޓްގައި ވަނީ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން، ކުރިމަތިލި ކާށިދޫ - ގާފަރު ދާއިރާގެ މަޖިލިސް މެމްބަރު، ފައިސަލް ނަސީމް އެމަނިކުފާނު ކުރެއްވި ތާއީދު އަބުރާ ގެންގޮސްފިކަމަށެވެ.
"ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޖޭޕީ ކައުންސިލްގެ މެންބަރުންގެ ވިންދާއި އެގޮތަށް ފެނިވަޑައިގަންވާ ބޭފުޅަކަށް ވޯޓުދެއްވުން އެދެން" ގާސިމް ކުރެއްވި ޓުވީޓުގައިވެއެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ