އީޔޫގެ ނިންމުމުގެ ކުރިމަތީގައި ދިވެހި ރައްޔިތުން އެއްބައިވަންތަވުމަށް ގޮވާލަން- ޑރ.ޝަހީމް

ވިލާތުގެ އިއްތިހާދުގެ ނިންމުމުގެ ކުރިމަތީގައި ދިވެހި ރައްޔިތުން އެއްބައިވަންތަވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ. ޑރ.ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އީޔޫގެ ނިންމުމުގެ ކުރިމަތީގައި ދިވެހިރައްޔިތުން ސަރުކާރާއެކު، އަޒުމުގައި ސާބިތުކަމާއެކީގައި ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. ޑރ.ޝަހީމް ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި، ސިޔާދަތާއި ޝަރަފް ދެމެހެއްޓުމުގައި ޒައްރެއްގެ މިންވަރު ވިޔަސް ފަހަތަށް ނުޖެހުމަށް ގޮވާލާ ކަމަށެވެ. އަދި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓް
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު، އީޔޫއިން ވަނީ ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ. އަދި މިމަހުގެ ތެރޭގައި އީޔޫއިން ރާއްޖެއާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫ ކައުންސިލްގައި އެދެން އީޔޫ ޕާލެމެންޓުން ފާސް ކުރި ގަރާރުގައި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމު ދީނާއި ހިލާފު އަދި ދީނަށް ފުށުއަރާ ކަންކަން ކުރުމަށް ވަނީ ގޮވާލާފައެވެ. އީޔޫއިން ފާސްކުރި ޤަރާރުގައި ވަނީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެވޭނެހެން ރާއްޖޭގެ ޤާނޫނު ބަދަލުކުރުމަށާއި، މަރުގެ ޙުކުމް ތަންފީޒުކުރުން ހުއްޓުވުމަށާއި، ޝަރުޢީ ނިޒާމުގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮވާލާފައެވެ. އަދި ބޮޑެތި ކުށްތައް ކޮށްފައިވާ ކުށްވެރިން ދޫކޮށްލުމަށްވެސް ގޮވާލާފައިވެއެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ، ދީނާ ޚިލާފުވާ ކަންތައްތައް ކުރުމަށް ގޮވާލާފައިވާ އެ ޤަރާރަށް އަމަލު ނުކުރާނެ ކަމަށް ބުނެފައެވެ.
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
އެސްޓީއޯ މުވައްޒަފުންނަށް ހެޔޮ އަގުގައި ފްލެޓް ގަތުމަށް ހައުސިންގް ސްކީމެއް ތައާރަފްކޮށްފި
2 މިނެޓް ކުރިން
އީޔޫގެ ނިންމުމުގެ ކުރިމަތީގައި ދިވެހި ރައްޔިތުން އެއްބައިވަންތަވުމަށް ގޮވާލަން- ޑރ.ޝަހީމް
12 މިނެޓް ކުރިން
ޖަޕާނަށް ކުރަމުން އަންނަ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 141އަށް އަރައިފި
1 ގަޑި ކުރިން
ތަރައްޤީ ފޮތާއި ގުޅުން ހުރި މުހިންމު ވެބްސައިޓެއް ފަރުމާކޮށްފި
1 ގަޑި ކުރިން
ރައީސް ޔާމީން މުލަކުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވައިފި
1 ގަޑި ކުރިން
ފަސްޓް ރެސްޕޯންސް ޕެރަމެޑިކްސް ޓްރެނިންގް ޕްރޮގްރާމެއް ހިންގަނީ
1 ގަޑި ކުރިން
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމް ހެދުމަށް ބަޔަކާ ހަވާލުކޮށްފި
3 ގަޑި ކުރިން
އައިޔޫއެމްގެ ޗާންސެލަރުކަމުން އިސްތިއުފާ ނުދެއްވުމަށް ރައީސް ލަފާ އަރުވާފައިވޭ: ޑރ. ޝަހީމް
23 ގަޑި ކުރިން
ދިއްގަރުގެ މެމްބަރު ނެތަސް، މެމްބަރުގެ ރޯލް އަދާކޮށްދެއްވާނަން: މެމްބަރު އަބްދުއްރަހީމް
4 ގަޑި ކުރިން
ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ރައީސް ޔާމީންގެ ސަރުކާރުން ގިނަ މަަސައްކަތް ތަކެއް ކޮށްދެއްވި- ހަންނާން
20 ގަޑި ކުރިން
ތަރައްޤީ ފޮތާއި ގުޅުން ހުރި މުހިންމު ވެބްސައިޓެއް ފަރުމާކޮށްފި
1 ގަޑި ކުރިން
ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
20 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ