މެމްބަރު ނަޝީދު ދުއްވި ކާރު އެކްސިޑެންޓްވެ މީހެއްގެ ފައި ބިނދިއްޖެ

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު، މުހައްމަދު ނަޝީދު ދުއްވި ކާރު އެކްސިޑެންޓްވެ، މީހެއްގެ ފައި ބިނދިއްޖެއެވެ.
މި ހެނދުނު މި އެކްސިޑެންޓް ހިނގީ، ނަޝީދު ދުއްވި ކާރު ސައިކަލެއްގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ ފައި ބިންދައިގެން ގޮސްފައިވާއިރު، އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
މައުލޫމާތު ލިބިފައިވަ ގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ކުރުމަށް، ނިންމާފައި ވަނީ ނަޝީދުއެވެ.
މި އެކްސިޑެންޓްގައި ނަޝީދަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އޭނާ ދުއްވަން އިން ކާރަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ