ބަންދު ހަފްތާގައި ޖުމުލަކޮށް މޫސުން ރަނގަޅު: މެޓް އޮފީސް

ބަންދު ހަފުތާގެ ތެރޭގައި ރާއްޖެގެ ހުރިހާ ހިސާބަކަށް ވެސް ޖުމުލަ ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އުތުރަށާއި މެދުރާއްޖެތެރެއަށް މި ހަފްތާގައި ފުދޭވަރަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންނަމަވެސް، ހުކުރު ދުވަހުން ފެށިގެން މި ހިސާބުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ. މީގެ އިތުރުން، މެޓް އޮފީހުން ބުނި ގޮތުގައި މިހާރު ރާއްޖޭގެ ދެކުނަށް ވައި ގަދަވުމުގެ ސަބަބުން، ދެކުނުގެ ކަނޑުތަކަށް މޫސުން ގޯސްވި ނަމަވެސް ދަތުރު ނުކުރެވޭ ވަރަކަށް މޫސުން ގޯހެއް ނުވާނެވެ. ރާއްޖޭގެ ދެކުނަށް ވައި ގަދަވި ނަމަވެސް، ހޮނިހިރު ދުވަހުން ފެށިގެން ވައި ކޮންމެ ވެސް ވަރަކަށް މަޑުވާނެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާގައި ކަނޑު ގަދައެއް ނުވާނެވެ. ޖުމުލަ ގޮތެއްގައި، ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ކަނޑުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުންޔެވެ. ކުރިއަށް އޮތް ހަފްތާއަކީ، ސުކޫލުތަކަށް މިޑް ޓާމް ބްރޭކް ލިބޭ ހަފްތާއަށްވެފައި މި ބަންދުގެ ތެރޭގައި ދަތުރުފަތުރު ކުރަން ބޭނުންވާ މީހުންނަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަށްޗެއް ނުވާނެވެ. ސުކޫލްތަށް ދެން ހުޅުވޭނީ، 22 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ