މޫސުން ގޯސްވެ އައްޑޫ އާ ފުވައްމުލަކަށް އާންމުކޮށް ނުނެރޭ އޮރެންޖް އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކަށާއި އައްޑޫ އަށް އޮރެންޖު އެލާޓު ނެރެފި އެވެ.
ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ އިން އޮރެންޖު އެލާޓު ނެރެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެވެ.
ތަފްސީލު - މެޓުން ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓު ވެސް ނެރެފަ އެވެ. މި ސަރަހައްދަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އެގޮތުން: 
މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 7-4 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނޭ
ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވޭ
އެ އިދާރާ އިން ބުނީ މިދިޔަ އާދިއްތަ ދުވަހު އިރުވައިމޫސުން ފެށޭނެ ކަމަށެވެ، އެހެން ކަމުން ކުރިއަށް އޮތް 3 ދުވަހު، ހާއްސަކޮށް މެދުރާއްޖެ ތެރެއަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ބެލެވޭ ކަމަށް ބުންޏެވެ. އެގޮތުން:
ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވޭ
ކަނޑުދަތުރުކުރާ ފަރާތްތަކާއި ބްރިޖު/ހައިވޭ އިން ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ