ފާޑު ކިއަން ފެށުމުން ޝަހީދު އެކްސްއިން ބޭރުވެއްޖެ

އިޒްރޭލަށް ތާއީދުކޮށް އޭނާ މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އިޒްރޭލުގެ ޔަހޫދީން މިހާރު ތަހައްމަލު ކުރާ ކެކުޅުމުގެ ތަޖުރިބާތައް އިހުސާސް ކުރައްވަން އޭނާއަށް ދަތިފުޅު ކަމަށެވެ.
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލަށް ތާއީދު ދެއްވައި އިޒްރޭލާމެދު ހަމްދަރުދީވެ ވަޑައިގެން ދުނިޔެއަށް ވާހަކަފުޅު ދެއްކެވި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ކުއްލި ގޮތަކަށް "އެކްސް" އިން ބޭރު ވެއްޖެ އެވެ. 
އޭނާ އިޒްރޭލަށް ތާއީދުކޮށް ދެއްކެވި ވާހަކަތަކާއި ފަލަސްތީނާ ގުޅުވައިލައްވާ އިޒްރޭލަށް ހަމްދަރުދީ ފާޅުކޮށް ދުނިޔެއަށް ދެއްވި ވިޑިއޯ މެސެޖާ ގުޅިގެން ދިވެހި ރާއްޖޭގެ ރައްޔިތުންނާއި ބައެއް ގައުމުތަކުން ފާޑުކިއުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ.ފާޑުކިޔުން އަމާޒުވި އެ ވީޑިއޯ ޝަހީދު އެކްސް އިން ފޮހެލި އެވެ. އަދި އޭގެ ފަހުން އޭނާގެ އެކްސް ޕްރޮފައިލް ވެސް ވަނީ ނަގާފަ އެވެ. -- އޭނާ ފޮހެލި ވީޑިއޯ ރިކަވާކޮށް ބައެއް ފަރާތްތަކުން ވަނީ އަލުން ޕޯސްޓް ކޮށްފަ އެވެ. އދ. ގެ ދީނީ މިނިވަން ކަމަށް މަސައްކަތް ކުރާ ހާއްސަ މުޝީރުގެ މަގާމު ވެސް އަދާ ކުރައްވާފައިވާ އަދި އެ މަގާމުގައި އަދިވެސް ހުންނެވުމަށް އެދި ވަޑައިގެން ޔަހޫދީ ދައުލަތްތައް ރުއްސަން މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅަށް ވަރަށް ގިނަ ފަހަރުމަތީން ވާހަކަ ދެއްކުމުގެ ތާރީހެއް އޮތް ޝަހީދު ވަނީ ޔަހޫދީންގެ ދިފާއުގައި ވަރުގަދައަށް ވާހަކަ ދައްކަވާ ފައެވެ. މީގެ ކުރިން އޭނާ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި އިރު އިޒްރޭލާ ގުޅުން ގާއިމް ކުރަން އުޅުނު މައްސަލަ އާއި އެހެންވެސް ގިނަ ތުހުމަތުތަކާއެކު އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ނެގި އެވެ. އެކަމަކު އެ ވޯޓުގައި ޝަހީދު ސަލާމަތްވެ ވަޑައިގަތެވެ. ޔަހޫދީ އިޒްރޭލަށް ތާއީދުކޮށް އޭނާ މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އިޒްރޭލުގެ ޔަހޫދީން މިހާރު ތަހައްމަލު ކުރާ ކެކުޅުމުގެ ތަޖުރިބާތައް އިހުސާސް ކުރައްވަން އޭނާއަށް ދަތިފުޅު ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ